ރުކަކުން ވެއްޓި މަޑިފުށިން މީހަކު މަރުވެއްޖެ

ތ. މަޑިފުށި ---

ތ. މަޑިފުށީގައި ރުކަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މަޑިފުށީގައި ރުކަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރު 14:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަޑިފުށި ހެލްތު ސެންޓަރަށް އެމީހާ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.