އިޝާން ލަވަ ކިޔުން ހުއްޓާލުމުން، އަލީ ރަމީޒުގެ ތައުރީފު!

ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު (ކ) އަދި މޯލްޑިވިއަން އައިޑޮލްއިން މަގުބޫލުކަން ހޯދި އިޝާން

މޯލްޑިވިއަަން އައިޑޮލުން މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލުމުން، ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު އޭނާއަށް ތައުރީފުކޮށްފިއެވެ.

އިސްލާމް ދީނުގެ ހިދާޔަތު ފެތުރުމުގެ މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރުކަން ވެސް ކުރައްވާ ޢަލީ ރަމީޒު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިޝާން ލަވަކިޔުން ހުއްޓާލުމުން ވަރަށް އުފާވެއްޖެ ކަމަށާއި އޭނާއަކީ ޒުވާނުންނަށް ނަމޫނާއެއް ކަމަށެވެ.

"މާތްﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާތަކުން އިބްރަތް ހާސިލް ކުރަންޖެހޭ. ﷲ ސާބިތުކަން ދެއްވާށި. އާމީން،" އަލީ ރަމީޒު ބުނެފައިވެއެވެ.

އަލީ ރަމީޒުގެ އަޑާ އެއްގޮތް ކަމެއް ހުންނަ އިޝާން ފޭސްބުކްގައި ބުނެފައި ވަނީ މިއުޒިކް ކުޅެ އަޑުއެހުމަކީ މާތްﷲ އާއި އޭނާއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ ކަމަށް އިޝާން ބުނެފައިވެއެވެ.

"އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅުނަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި،" އިޝާން ބުނެފައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.