ރާއްޖެއިން ކޮވިޑް19 ޖެހިގެން ބިދޭސީ އަކު މަރުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މީގެކުރިން ވެސް ކޮވިޑް19 ޖެހިގެން ދިވެއްސަކު މަރުވެފައިވެއެވެ. މިފަހަރު މަރުވީ ބަންގްލަދޭޝް ރައްޔިތެކެވެ. އެމީހާ މަރުވީ ހާލު ސީރިއަސްވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވަނިކޮށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލުތަކެއް އަދި ނޭނގެއެވެ. ނަމަވެސް މިއަދު 14:30 ގައި މިކަމާއި ގުޅިގެން އެޗްޕީއޭ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެއެވެ. ބެލެވޭ ގޮތުގައި މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހާމަ ކުރާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.