ނޭޝަނަލް އިމަޖެންސީ ސެންޓަރަށް ބޭނުންވާ ވެންޓިލޭޓަރެއް ސިފައިން އުފައްދައިފި

ސިފައިން އުފެއްދި ވެންޓިލޭޓަރު ޗީފް އޮފް ޑިފެންސް އަދި ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ: ފޮޓޯ / އެމްއެންޑީއެފް

ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސާވިސް ކޯސް ގެ ސިގްނަލްސް އިން އުފައްދާފިއެވެ.

މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. އެމްއެންޑީއެފްއިން ބުނީ ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން އެ ވެންޓިލޭޓަރުގެ މަސައްކަތް ނިންމާފައި ވަނީ 14 ދުވަހުގެ ތެރޭގައި ކަމަށެވެ.

ސިފައިން އުފެއްދި ވެންޓިލޭޓަރު: ފޮޓޯ / އެމްއެންޑީއެފް

މިއަދު ބަންޑާރަ ކޮށި (ބީކޭ) އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތައްޔާރު ކުރެވުނު އެމަޖެންސީ ވެންޓިލޭޓަރަކީ ޕްރޮޓޯޓައިޕް އަކަށް ވުމުން އެފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.