ކޮވިޑާ ގުޅިގެން ހަތަރު ވަނަ ފަހަރަށް ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް19އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ވަނަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަދު ހަވީރު 5:30ގައި ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.

އެންމެ ފުރަތަމަ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަހު މާޗް 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މާޗް 25 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމުގެ ހާލަތު ބަޔާންކުރައްވާފައިވެއެވެ.

އެންމެ ފަހުން ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވީ މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒިޓިވްވި ދުވަހު، މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވެރިރަށް މާލެ ވަނީ ލޮކްޑައުން ކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *