އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލައަކާހުރެ، ދޮންބިލެތާއި ނާޝިޒުގެ ބަހުގެ ހަމަލާތަކެއްގައި

ބިލެތްދޫ ދާއިރާގެ މެމްަބަރު ދޮންބިލެތް މުހައްމަދު ހަލީމް އާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު

އެމްއެމްޕީއާރްސީއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް މާލިއްޔަތު ކޮމެޓީން "ޕާކުކޮށްފައި"ވާ ކަމަށް ބުނެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލެތް ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި މިހާރު އޮތް އެމްއެމްޕީއާރްސީގެ މައްސަލަ އެހެން ޕާކު ކޮށްފައި އެ ކޮމެޓީގައި ނުބޭއްވޭނެ ކަމަށާއި އެ މައްސަލަ ޕާކުކޮށްފައި އޮތީ ކީއްވެގެންތޯ މަޖިލީހުގެ ރައީސް ބައްލަވަންޖެހޭ ކަމަށެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ނުނެރެގެން އެމްޑީޕީގެ މެމްބަރުން މުޒާހަރާ ކުރި ގޮތަށް، އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރެ، ލަސްވާ ސަބަބު މަޖިލީހުގެ 65 މެމްބަރުން ބައްލަވަންޖެހޭ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި އެމްޑީޕީގެ މެމްބަރަކު ވެސް ޖެހިފައި ހުރެދާނެ ކަމަށާއި އެއީ އެ މައްސަލަ ނުބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވެސް ތިބެދާނެ އޭގައި ޖެހިފައި ތިބި ބަޔަކު. އެއީކީ މިކަން ނުބަލާންވީ ސަބަބެއް ނޫން. މިއީ ވަކި އަޅުގަނޑުމެންގެ މެމްބަރަކާ ޒާތީވެގެން ދައްކާ ވާހަކައެއް ނޫން،" ބިލެތްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ދެއްކި ވާހަކައަށް ރައްދު ދެއްވައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ކޮމެޓީން ނިންމާފައި އޮތް އެމްއެމްޕީއާރްސީގެ ރިޕޯޓެއް ޕާކުކޮށްފައި ނޯންނާނެ ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނާޝިޒު ވިދާޅުވީ އެ މައްސަލަ ބެލުމުގައި ކޮންމެ ފަރާތެއް ހިމެނުނަސް، އެ ފަރާތެއްގެ މައުލޫމާތު ރިޕޯޓް ހިމަނާނެ ކަމަށެވެ.

"އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދެއްކި ވާހަކައެއް.މާލިއްޔަތު ކޮމެޓީގަ ނިންމާފައި ބާއްވާފައި އޮތް ރިޕޯޓެއް ނޯންނާނެ. އެހެން ނަމަވެސް ބަލަމުންދާ މައްސަލައެއް އެބަ އޮތް. އެ މައްސަލަ ބަލައި ނިމޭހާ ދުވަހަކުން އިރާދަ ކުރެއްވިއްޔާ މަޖިލީހުގެ ތަޅުމަށް ފޮނުވާނަން. އޭގެ ތެރޭގައި އެއްވެސް ބޭފުޅެއް އިސްތިސްނާއެއް ނުވާނެ. އޭގެ ތެރޭގައި ކޮންމެ ފަރާތެއް ހިމެނުނަސް، އެފަރާތެއްގެ މައުލޫމާތާ އެކީގައި ރިޕޯޓް ނިމިގެންދާނެ ކަމުގެ ޔަގީންކަން އިއްޒަތްތެރި ރައީސަށް އަރުވަން،" ނާޝިޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Dhon Bileiy Meemu, Faafu atolhugai dhathuru fathuruge nizaamu gaaimu koh dheynamey kiyaafai 2 falhu rah nagai, resort hadhai, majileehah hovuneemaa dhathuru fathuruge nizaamu huttaali massala balan Nashiz ah govaalan.

    1. Dhonbileh Ahmadhu ge namugai ehves attolhehgaa dhathuru fathuru koh dheyn sarukaaraa eku ehbas vefaiveytho saafukohlaafa comments Kurun ragalhu

  2. Dhonbileh Ahmadhu ge namugai ehves attolhehgaa dhathuru fathuru koh dheyn sarukaaraa eku ehbas vefaiveytho saafukohlaafa comments Kurun ragalhu

ހިޔާލު ދެއްވާ!

Your email address will not be published.