ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ބަލާ ޔޫކްރެއިންގެ ފްލައިޓެއް އަންނަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއ- ފޮޓޯ/ ޕީއެސްއެމް

ކޮވިޑް19 އާއި ގުޅިގެން އެނބުރި ގައުމަށް ނުދެވިފައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އެމީހުންގެ ގައުމުތަކަށް އެނބުރި ގެންދިއުމަށް ޔޫކްރެއިންގެ ފްލައިޓެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ބޯޓުން މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުންތައް މި މަހުގެ 8ވަނަ ދުވަހު ޔޫކްރެއިންގެ "ސްކައިއަޕް" އެއާވޭސްގެ ފްލައިޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދިވެސް އެހެން ޕަސިންޖަރުން މި މަހުގެ ދެވަނަ ދުވަހު އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވާ ކަމަށެވެ. އެ ސާކިއުލާ އަކީ އެ ފްލައިޓުން ފުރުމަށް ހަމަޖެހިފައިވާ ޕަސިންޖަރުން އެއާޕޯޓަށް ދިއުމުގައި އަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ސާކިއުލާއެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީއާ ޓޫރިސްޓު ޕޮލިހާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިހާތަނަށް ރާއްޖޭގެ 10 ރިސޯޓެއްގައި 50 ގައުމެއްގެ ފަތުރުވެރިން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.