ކުނަހަންދޫ އަށް ސިއްރުން އަރާ އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ލ. ކުނަހަންދޫ ---

ލ. މާމެންދޫ އިން އެ އަތޮޅު ކުނަހަންދޫ އަށް ހުއްދަ ނެތި އެރި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 1:16 ހާއިރު ހުއްދަ ނެތި މާމެންދޫ އިން ކަނދު ފައްޗެއްގައި ކުނަހަންދޫ އަށް އައިސް ސިއްރުން އެރަށު ތެރޭގައި އުޅެނިކޮށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 43 އަހަރާއި 48 އަހަރާއި 29 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ. އެ ތިން މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.