މަނަދޫގެ 15 ސިއްހީ ހިދުމަތްތެރިއަކު އައިސޮލޭޓުވާން އަންގައިފި

ނ. މަނަދޫ ---

ނ. މަނަދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ 15 ސިއްހީ ޚިދުމަތްތެރިއަކު އައިސޮލޭޓުވާން އަންގައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުންނަކީ މަނަދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވި މީހާއާ ބައްދަލުވެފައިވާ މީހުން ކަމަށެވެ.

މަނަދޫ މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެހެން ކަމެއްގައި އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދައްކަން ދިއުމާއި އެކު ކޮވިޑް19 އަށް ޓެސްޓު ކުރުމުންނެވެ.

މަބްރޫކް މިރޭ ވިދާޅުވީ މަނަދޫ ހޮސްޕިޓަލުގައި އާއްމުކޮށް މީހުން ބަލާ ގަޑިތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއަކީ 80 އަހަރުގެ އަންހެނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *