ޕޮޒިޓިވްވި ސިފައިންގެ މީހެއް ބަލިން ރަނގަޅުވެ އެނބުރި ހިދުމަތަށް!

(ކ-ވ) ޕޮޒިޓިވްވި ސިފައިންގެ މީހާ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ----

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ މީހަކު ބަލިން ރަނގަޅުވެ އެނބުރު ހިދުމަތާއި ގުޅިވަޑައިގެންފިއެވެ.

މި މީހާއަކީ މިދިޔަ މާޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކެވެ. މުޅި ޖުމްލަ ތިން ދިވެއްސަކަށް ކޮވިޑް19 ޖެހުނުކަން އެ ދުވަހު ސަރުކާރުން އިއުލާން ކުރިއެވެ. އެއީ މާޗު މަހުގެ 27ވަނަ ދުވަހުއެވެ.

އޭނާ އަކީ ވޮރަންޓު އޮފިސަރު ގްރޭޑު އެކެއް މުއައްމަދު މުހައްމަދު ނަމަކަށް ކިޔާ ސިފައިންގެ ބޭކަލެކެވެ. އޭނާ ކަރަންޓީންގައި ބަހައްޓާފައި ހުރީ އއ. ވެލިދޫގައެވެ. މުއައްމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ ކަރަންޓީންގައި ހުރި މުއްދަތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ބަލިން އެއްކޮށް ރަނގަޅުވެ އެނބުރި ދިވެހި ގައުމަށް ހިދުމަތް ކުރުމަށް ނިކުންނެވުމަކީ ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ އެންމެން އެކަމުގައި ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކޮށްފި ކަމަށްވާ ނަމަ އެކަން ކުރެވޭނެ ކަމަށެވެ.

މިހާރުވެސް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ބޭކަލުންތަކެއް ހިމެނެއެވެ. އޭގެތެރޭގައި ބަންޑާރަ ކޮށީން ޕޮޒިޓިވްވި މީހަކާއި ކަޅުތުއްކަލާ ކޮށީން ޕޮޒިޓިވްވި މީހަކާއި ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ މީހުންނާއި ސިފައިންގެ ގަރާޖުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.