ނޫސްވެރިކަން ތަރައްގީ ކުރާނީ ނޫސްވެރިންގެ އަޑު އަހައިގެން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ނޫސްވެރިކަން ތަރައްގީކުރާނީ ނޫސްވެރިންގެ އަޑުއަހައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ދެއްވި ހިތޯބުގައި މިނިވަން ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރު ކުރުމަށް ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ނޫސްވެރިންނަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެ ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި ރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިން ކަމަށާއި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުމަށް މަސައްކަތްތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކުވެސް އިތުރަށް ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސައްހަ ނޫން ހަބަރުގެ ސަބަބުން މުޖުތަމައަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހެއްޓުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.