މިނިސްޓަރު އަމީންއާ އެންއީއޯސީގެ ބޭފުޅުން ނަރުދޫ އަށް ވަޑައިގެން އެރަށު ޓާސްކްފޯސްއާ ބައްދަލުކުރައްވައިފި

މިނިސްޓަރު އަމީނާއި އެންއީއޯސީގެ ބޭފުޅުން ނަރުދޫއަށް ވަޑައިގެން --

މާލެ ފިޔަވައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ށ.ނަރުދޫ އަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވަޑައިގެންފިއެވެ.

މިނިސްޓަރު އަމީންގެ އިތުރުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ބޭފުޅުންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މިއަދު އެ ރަށަށް ވަޑައިގެންފައެވެ. އެ ބޭފުޅުން މިއަދު ވަނީ އެ ރަށުގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށްފައެވެ.

ކޮވިޑް19 އަށް ނަރުދޫއިން 10 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. މިރަށުން ޕޮޒިޓިވްވެފައިވާ މީހުންނަކީ "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ދިމާވެފައިވާ މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެކެވެ.

މިއަދުގެ މިހާތަނަށް ކޮވިޑް19 އަށް ރާއްޖެއިން އެއްވެސް މީހަކު ޕޮޒިޓިވްއެއް ނުވެއެވެ. ނަމަވެސް އިއްޔެއާއި ހަމައަށް މުޅި ރާއްޖެއިން ކޮވިޑް19 އަށް 519 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *