ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ދަމަހައްޓާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ބައެއް ނޫސްވެރިންނާއެކު-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައިވެސް ކޮވިޑް19 ފެތުރިފައިވާ މި ދަނޑިވަޅުގައި ފެނިގެން ދަނީ މިނިވަން މީޑިއާއެއްގެ ދައުރު މުހިންމުވާ މިންވަރު ކަމަށާއި، މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 ފެތުރިފައިވާ މިދަނޑިވަޅުގައި ހަގީގަތާއި ހިލާފު ހަބަރުތައް ފެތުރުމަކީ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި، އެހެންކަމުން މިފަދަ ދަނޑިވަޅެއްގައިވެސް އެއްވެސް ޖެހިލުމެއް ނެތި މަސައްކަތް ކުރަމުންދާ މިނިވަން އަދި ވަކި ކޮޅަކަށް ނުޖެހޭ މީޑީއާތައް ވަރަށް މުހިއްމު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިނިވަން މީޑީއާ އަށް ޖާގަދީ އެ ފުރުސަތު ދިނުން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 2018 ވަނަ އަހަރު އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 79 ވަނައިގަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.