ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އަށް ސާމްޕަލް ނެގުމަށް ކޯޓު އަމުރެއްގެ ދަށުން ދިއުމުންވެސް އެކަމާއި ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކުރީ ކ. ދިއްފުށިންނެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ ކޮވިޑް19 ޖެހިފައިވާ ކަމަށް ރަށު ތެރޭގައި އަޑުފެތުރުމަށް ފަހު އަދި އެމީހާ އަމިއްލައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމަށްފަހު ކޮވިޑް19ގެ އަލާމާތްތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެޗްޕީއޭ އިން އަންގައިގެން ހެލްތު ސެންޓަރުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން، އެކަމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން ވެސް ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހެދުމުން އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި މިއަދު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

1 thought on “ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފި

  1. Aasandha in thiya meehaa ah beys kurun huhtaalan v. Ehcheh visneyne eyrah. Health kameh ga ehbaarulun nudhey meehun nah hadhan v ehen

Leave a Reply

Your email address will not be published. Required fields are marked *