ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ: އިމްރާން

މިނިސްޓަރު އިމްރާން ކަރަންޓީން ފެސިލިޓީޓަކަށް ޒިޔާރަތް ކުރައްވަނީ ---

ރާއްޖެއިން ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގިންޖެހުމަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ކަރަންޓީން ފެސިލިޓީތަކަށް ޒިޔާރަތް ކުރައްވާ މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން ކަމަށެވެ. އަދި އެމީހުން ދިރިއުޅެމުން އަންނަ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ބާރު ބޮޑު އެހެން ނަމަވެސް އިސްކަން ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 491 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 261 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އިންޑިއާގެ 51 ރައްޔިތަކަށް ރާއްޖެއިން ކޮވިޑް19 ޖެހިފައިވާއިރު ޕާކިސްތާނު ތިން މީހުންނާއި ލަންކާ އަދި ނޭޕާލުގެ ދެ މީހަކަށް ކޮވިޑް19 ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން 157 ދިވެއްސަކަށް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *