10,000 ޓެސްޓު ކިޓާއި ފަސް ވެންޓިލޭޓަރާއި އިތުރު ސާމާނުތަކެއް ވެލާއިން ހަދިޔާކުރަނީ

ވެލާ ރިސޯޓު ---

ރާއްޖޭގައި ހިންގާ ވެލާ ރިސޯޓުން ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑެތި އެހީތަކެއް ވެދިނުމަށް ނިންމައިފިއެވެ.

އެ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ. 10،000 ޓެސްޓު ކިޓު މިއަދު ރާއްޖެ އަންނާނެއެވެ.

މި ތަކެތި ހިފައިގެން ރާއްޖެ އަންނަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އޯނަރުންނެވެ. މިއަދު ރާއްޖެ ވަޑައިގަންނަވާ ހިއްސާދާރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ވެލާ ރިސޮޓުން ބުނީ އޭނާ ރާއްޖެ އަށް ވަޑައިގަންނަވަނީ އެ ބައްޔަށް ފަރުވާ ލިބި އެއްކޮށް ރަނގަޅު ވުމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *