މަގުމައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްދީފި

މަގުމައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަނީ --

މަގުމައްޗަށް ވެއްޓިފައި އޮތް އަންހެނަކު ފުލުހުން ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެމީހާ ވެއްޓިފައި އޮއްވާ ފެނުނީޫ ރޭ 3:30 އެހާއިރު އެކަމަށެވެ. އެމީހާ އަކީ 18 އަހަރުގެ އަންހެނެއް ކަމަށާއި އެމްބިއުލާންސް ނިލިބުމުން އެ އަންހެން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް ގޮސް ފުލުހުންގެ ވެހިކަލް އަކަށް އަރުވައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު 4:08 ހާއިރު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް 4:31 ހާއިރު އެމީހާ ހޭ އަރާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *