ބަލި ޖެހޭ މީހުންގެ ތެރެއިން އަލާމާތް ނުފެންނަ މީހުން ގިނަ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރެއިން 41 ޕަސެންޓު މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ކަމަށެވެ. އަދި ވިދާޅުވީ 59 ޕަސެންޓު މީހުންނަކީ އަލާމާތް ފެނިފައިވާ މީހުން ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މި ހަބަރަކީ "ގުޑް ނިއުސް އަދި ބޭޑް ނިއުސް"އެއް ކަމަށެވެ. އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން ރަނގަޅުވާ އިރުވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން ގިނަވުމަކީ "ޕޮޒިޓިވް" ކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 481 މީހަކު ވަނީ ޕޮޒިޓިވްްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.