އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އަނެއްކާވެސް އިތުރު ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ޖުމްލަ 13 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ ހއ. ތަކަންދޫ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އެ ތިން މީހުންނަކީ “ކާވިޔާ” ބޯޓުން ދަތުރު ތިން މީހެކެވެ. އެ ބޯޓު ދަތުރުކުރި ހަތް ރަށެއް މީގެކުރިން މޮނީޓަރިންގެ ހާލަތަށް ވަނީ ލާފައެވެ. އެއީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ.

މިއަދު ޕޮޒިޓިވްވި 13 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 481 އަށް އަރާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *