ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 475 އަށް އަރައިފި

ފުލުހުންގެ އެދުމުގެ މަތިން، މާލެ ސިޓީ ކައުންސިލުން ކޮލިޕަސް ކުރިމަތި، މަޖީދީމަގު ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ/ ސިޓީ ކައުންސިލް

ރާއްޖެއިން އިތުރު ހަތް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް19 ގެ ޑޭޝް ބޯޑުން ދައްކާ ގޮތުގައި އިތުރު ހަތް މީހަކަށް ވަނީ މިއަދު ރާއްޖެއިން ކޮވިޑް ޖެހުނުއިރު އޭގެތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން ފަސް ދިވެހިންނަށް އެ ބަލި ޖެހުނުއިރު އަނެއް ދެ މީހުންނަކީ ބަންގްލަދޭޝް ދެ މީހުންނެވެ. ޕޮޒިޓިވްވި ދިވެހީންގެ ތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ ހއ. ތަކަންދޫ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އެ ތިން މީހުންނަކީ “ކާވިޔާ” ބޯޓުން ދަތުރު ތިން މީހެކެވެ. އެ ބޯޓު ދަތުރުކުރި ހަތް ރަށެއް މީގެކުރިން މޮނީޓަރިންގެ ހާލަތަށް ވަނީ ލާފައެވެ. އެއީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ.

އިއްޔެގެ ނިޔަލަށް ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު ހުރީ 468 ގައެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވި ހަތް މީހުންނާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 475 އަށް އަރާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *