މަނަދޫ އިން މާލެ ގެނައި މީހަކަށް ކޮވިޑް ޖެހިއްޖެ

ނ. މަނަދޫގެ މަގެއްގެ މަތިނ ---

ނ. މަނަދޫ އިން މާލެ ގެނައި މީހަކަށް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ މާލެ ގެނެސް އެމީހާ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓު ކޮށްފައެވެ. އެމީހަކީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމީހާ ވަނީ މީގެކުރިން މާލެ އައިސް ޑޮކްޓަރަށް ވެސް ދައްކާފައެވެ. އެއީ މީގެ 14 ދުވަސް ކުރިންނެވެ.

އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަން ދެން އެރަށުގެ މީހުން ރަށުން ފޭބުން ވަނީ މަނާކޮށްފައެވެ.

މަނަދޫއާއި އެކު އެ އަތޮޅުން ހަތަރު ރަށެއް މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ އަތޮޅު ހެނބަދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫއެވެ. މި ރަށްތަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ "އަމާޒު" ބޯޓާއި ގުޅިގެންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.