ތަކަންދޫ އިން ކޮވިޑް19 އަށް ތިން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ތަކަންދޫ: ފޮޓޯ / މިހާރު

ހއ. ތަކަންދޫ އިން ކޮވިޑް19 އަށް ތިން މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެ ތިން މީހުންނަކީ "ކާވިޔާ" ބޯޓުން ދަތުރު ތިން މީހެކެވެ. އެ ބޯޓު ދަތުރުކުރި ހަތް ރަށެއް މީގެކުރިން މޮނީޓަރިންގެ ހާލަތަށް ވަނީ ލާފައެވެ. އެއީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ.

ތަކަންދޫ ކައުންސިލް އިން ވަނީ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގާފައެވެ. ކާވިޔާ ބޯޓަކީ މި މަހުގެ 15ވަނަ ދުވަހު ދަތުރުކުރި ބޯޓެކެވެ. މިއީ އަލަށް ޕޮޒިޓިވްވި ބައެއް ކަމެއް ނުވަތަ މިހާރު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިމެނޭ ބައެއް ކަމެއް ނޭނގެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް 468 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ އެކަނިވެސް މާލެއިން ވަނީ ކޮވިޑް19 އަށް 116 މީހަކު ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *