ނިހާދުގެ އާދޭސް: އެންމެން އެކައްޗެއް ކިޔާ ގައުމާއި ރައްޔިތުން ސަލާމަތް ކުރަން ހިނގާ

ފޭދޫ ދާއިރާގެ މެންބަރު ނިހާދު މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ހުރިހާ އެންމެން އެކައްޗެއް ކިޔާ ކޮވިޑް19 ގެ ނުރައްކާތެރިކަމުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނިހާދު އާދޭސް ދަންނަވައިފިއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާބެހޭ މާހިރުންގެ އިރުޝާދުތަކަށް ތަބާމެ އެ އިރުޝާދުތަކަށް އަމަލު ކުރުން މުހިއްމު ކަމަށެވެ. އެންމެން އެކުގައި މަސައްކަތް ނުކޮށްފި ނަމަ ހިތަށް ނުގެނެވޭހާ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ. އެންމެން އެކައްޗެއް ކިޔާ ގައުމާއި ރައްޔިތުން ސަލާމަތް ކުރުން މުހިއްމު ކަމަށް ނިހާދު ވިދާޅުވިއެވެ.

"ބޮޑެތި މުއްސަނދި ގައުމުތަކަށް ވެސް ކޮންޓްރޯލް ނުކުރެވުނު. ފަރުވާ ނުދެވި ހާހުން މަރުވެއްޖެ. ކޮންޓްރޯލް ކުރެވުނު ތަންތަނުގައި ކޮންޓްރޯލް ކުރެވުނީ ކަމާބެހޭ މާހިރުން އެންގި ގޮތަށް އުނދަގުލާއި އެކު ނަމަވެސް އަމަލު ކޮށްގެން. އަޅުގަނޑުމެންނަށް ވެސް މާ މޮޅު އެހެން ގޮތެއް ނެތް. އެޗްޕީއޭ އިން ބުނާ ގޮތް ހަދަމާ،" ނިހާދު ކުރެއްވި އިތުރު ޓްވީޓެއްގައިވެއެވެ.

މިއަދު އެކަނިވެސް މުޅި ރާއްޖެއިން ކޮވިޑް19 އަށް 116 މީހަކު ޕޮޒިޓިވްވިއެވެ. އަދި އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން މި ބައްޔަށް މިހާތަނަށް 396 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރޭ މާލެއިން ވަނީ ކޮވިޑް19 ޖެހިގެން 83 އަހަރުގެ އަންހެނަކު ނިޔާވެފައެވެ. މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި އަދިވެސް މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވާނެއެވެ. އެހެންކަމުން ކަބާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

1 thought on “ނިހާދުގެ އާދޭސް: އެންމެން އެކައްޗެއް ކިޔާ ގައުމާއި ރައްޔިތުން ސަލާމަތް ކުރަން ހިނގާ

  1. Hpa in bunaa gothah mi hadhanee
    Ekamaku thibunaa Hpa in Rayyathun
    Nah Olhuvaalanee feydhoo meehaa
    Aeekonthaakun😤 jeebah leveyvaru
    Madhiveetha?

Leave a Reply

Your email address will not be published. Required fields are marked *