ކޮވިޑް19އާ ގުޅިގެން ޝާހިދު ކުވެއިތުގެ ފޮރިން މިނިސްޓަރާއި ގުޅުއްވާ މަޝްވަރާ ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިހް ޑރ. އަހުމަދު ނާސިރު އަލްމުހައްމަދު އަލްއަހުމަދު އަލްޖާބިރު އަލްސަބާހް އާއި މިއަދު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލުގައި ދެބޭފުޅުން ވަނީ ކޮވިޑް19 އާ ގުޅިގެން ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް19 އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ.

އަދި ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ކުވައިތުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުވައިތަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިއްމު އެއް ބައިވެރިއެކެވ. އެގޮތުން ރާއްޖޭގައި ހިންގުމު އުމްރާނީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މާލޭ ބައިނަލްއަގުވަމީ ވައިގެ ބަނދަރަކީ އޭގެ އެއް މިސާލެވެ.

Leave a Reply

Your email address will not be published. Required fields are marked *