ރާއްޖެއިން މިއަދު އެކަނިވެސް 116 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ޓެސްޓު ކުރަނީ ---

ރާއްޖެއިން ކޮވިޑް19 އަށް މިއަދު އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މީގެކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖެއިން މިއަދު 95 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. ރެއާއި ހަމައަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އޮތީ 280 ގައެވެ. ނަމަވެސް އެޗްޕީއޭ އިން މިއަދު ބުނީ މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 396 އަށް އަރާފައިވާ ކަމަށެވެ.

އެހެންކަމުން މުޅި ޖުމްލަ މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 116 އަށް ވަނީ އަރާފައެވެ. މިއީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން މިހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާ އަށް ނިސްބަތްވާ 32 މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެ މީހެކެވެ.

ރާއްޖެއިން މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 396 އަށް އަރާފައެވެ. އަދި މިއަދަކީ ރާއްޖެއިން ކޮވިޑް19 މިހާތަނަށް ފެނުނު ފަހުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ވެސްމެއެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

ރޭ ވަނީ ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކުވެސް މަރުވެފައެވެ. މަރުވީ އުމުރު 83 އަހަރުގެ އަންހެނެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.