ކޮވިޑް ޖެހިގެން މަރުވި މީހާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ރައީސުލްޖުމްހޫރިއްޔާ އެންއީއޯސީއަށް ޒިޔާރަތްކުރެއްވުން: ފޮޓޯ/ރައީސް އޮފީސް

ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މަރުވި މީހާގެ އާއިލާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ އާއިލާއަށް ވަރަށް އިހުލާސްތެރި ކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތްﷲ މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވައިފައެވެ.

ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ 83 އަހަރުގެ މީހެކެވެ. އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 126) ގުޅިފައިވާ މީހެއް ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.

އޭނާ މަރުވެފައި ވަނީ ކޮވިޑް19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ފަހުންނެވެ. އޭނާގެ ސާމްޕަލް ނަގާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހުއެވެ. އެމީހާ ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ސިފައިންނެވެ. ހިނެވުމުގެ ކަންކަން ކުރީ އަންހެން ސިފައިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *