ދައުލަތަށް މިހާތަނަށް ލިބުނީ އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ދައުލަތަށް މިހާތަނަށް ލިބުނީ އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މިހާތަނާއި ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރު ދައުލަތުގެ އާމްދަނީ ވަނީ 2.3 ބިލިއަން ރުފިޔާ ދަށްވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މިހާތަނުގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 5.5 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް މިހާތަނަށް މިއަރު ލިބިފައިވަނީ 788.3 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް އައިއިރު 1.8 ބިލިއަން ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް އާމްދަނީ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 21.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މިހާތަނަށް 450 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދައުލަތަށް މިހާ ބޮޑުތަނުން އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *