ސިފައިންގެ މަސައްކަތަށް ޗީފްގެ ތައުރީފު!

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ފޮޓޯ / މިހާރު

ކޮވިޑް19އާ ގުޅިގެން ސިފައިން ކުރަމުން އަންނަ މަސައްކަތްތަކަށް ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފު ކުރައްވައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިފައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އުޅުމުގެ ތެރޭގައި 20 ސިފައިންގެ މީހަކަށް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ސިފައިންގެ މަސައްކަތަށް ތައުރީފު ކުރައްވާ ޗީފް އޮފް ޑިފެންސް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް19 ޖެހިގެން ރޭ މަރުވި މީހާ ވަޅުލުމުގައި ހަރަކާތްތެރިވި ސިފައިންނަށް ސެލިއުޓު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ތެރެއިން ބަޔަކަށް ކޮވިޑް19 ޖެހި މިހާރު ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އިތުރުވި ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ސިފައިން ދެމި ތިބޭނެ ކަމަށެވެ.

ރޭ ކޮވިޑް19 ޖެހިގެން ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު މަރުވެފައެވެ. އެމީހާ އަކީ 83 އަހަރުގެ އަންހެނެކެވެ. އެމީހާ ވަޅުލުމުގައި މައްޔިތާގެ ކަށުކަމާ ކެމީގެ ކަންތައްތައް ކޮށްފައި ވަނީ އަންހެން ސިފައިންނެވެ. އަދި މައްޔިތާގެ ސަންދޯއް އުފުލީ ފިރިހެން ސިފައިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.