ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ

ކުޑަކުއްޖާ ވެއްޓުނު ވަޅު --

ގއ. ކަނޑުހުޅުދޫގައި ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މިއަދު 11:00 ހާއިރު ގއ. ކަނޑުހުޅުދޫ އިން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެރަށު ހެލްތު ސެންޓަރަށް ކުއްޖާ ގެންދިޔައިރު ވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކަނޑުހުޅުދޫގައި ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވިއިރު މިއަހަރު ކުރީކޮޅު އެރަށުގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލާގައި ކުއްޖާގެ ކާފައާ މުނިކާފަ ވަނީ ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *