މޮނީޓަރިންގައި ވަނިކޮށް މާފަރުން މަސްދަތުރު ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ނ. މާފަރު ---

ކޮވިޑް19 އާއި ގުޅިގެން ނ. މާފަރު މޮނީޓަރިންގެ ހާލަތަށް ލާފައި ވަނިކޮށް މަސްދަތުރު ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައި ވަނިކޮށް އަދި ރަށުން ބޭރަށް ދިއުން ވެސް މަނާ ކޮށްފައި ވަނިކޮށް އެކަމަށް ގޮންޖަހާ ދެ މީހަކު މަސްދަތުރު ގޮސް ރަށުގެ އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރޭ 22:40 އެހާއިރު ކޯޓު އަމުރެއްގެ ދަށުން 59 އަހަރާއި 44 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ ކޮވިޑް19 އާ ގުޅިގެން ރަށްރަށުގެ ޓާސްކް ފޯސްތަކުން އަންގާ އެންގުންތަކަށް އާއްމު ރައްޔިތުން ތަބާވުމަށް އިލްތިމާސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.