އިތުރު ދެ މީހަކަށް ކޮވިޑް19 ޖެހި، އަދަދު 280 އަށް އަރައިފި

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން ކޮވިޑް19 އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ކޮވިޑް19 އަށް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 280 އަށް މިވަނީ އަރާފައެވެ. ފަހުން ޕޮޒިޓިވްވި މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ނޭނގެއެވެ.

އަލަށް ޕޮޒިޓިވްވި ދެ މީހުންނާއި އެކު މިއަދު އެކަނިވެސް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 30 އަށް އަރާފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

އިތުރު ދެ މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު މި ބަލި ޖެހިގެން މިރޭ ވަނީ މާލެއިން 83 އަހަރުގެ އަންހެނަކު ވެސް މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.