އައިޖީއެމްއެޗުގެ ދެ މުވައްޒަފަކު ކަރަންޓީން ކޮށްފި

އައިޖީއެމްއެޗް-

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގެ ދެ މުވައްޒަފަކު ކަރަންޓީން ކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އައިޖީއެމްއެޗުގެ ދެ މުވައްޒަފަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޭސް އަކާއި ގުޅިގެން ކަމެއް މިނިސްޓަރު ވިދާޅުވެއް ނުވެއެވެ. ވިދާޅުވީ އެކަން ސާފު ކޮށްލެއްވުމަށް މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކި ކަރަންޓީން ފެސިލިޓީތަކުގައި 1،289 މީހަކު ވެއެވެ. އައިސޮލޭޝަންގައި 285 މީހަކުވާ ކަމަށް ހެލްތު މިނިސްޓްރީގެ ކޮވިޑް19 ޑޭޝް ބޯޑުން ދައްކައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޖުމްލަ 280 މީހަކު ޕޮޒިޓިވްވެފައިވާއިރު މިރޭ ވަނީ ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކުވެސް މަރުވެފައެވެ. އެމީހާއަކީ 83 އަހަރުގެ އަންހެނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *