ކޮވިޑް ޖެހިގެން މަރުވި މީހާ ހިނަވާނީ އަންހެން ސިފައިން

އަންހެން ސިފައިންތަކެއް: ފޮޓޯ / އަވަސް

ރާއްޖެއިން ކޮވިޑް19 ޖެހިގެން މިރޭ މަރުވި އަންހެން މީހާ ހިނަވާނީ އަންހެން ސިފައިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ އައިމިނަތު އާދަމް ނަމަކަށް ކިޔާ 83 އަހަރުގެ އަންހެނެއް ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 126) ގުޅިފައިވާ މީހެއް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މަރުވި މީހާ ވަޅުލާނީ ތަޔައްމަމު ކުރުމަށްފަހު ކަމަށެވެ. އަދި އޭނާ ހިނެވުމުގެ ކަންކަމުގައި ހަރަކާތްތެރިވާނީ ތަމްރީން ލިބިފައިވާ އަންހެން ސިފައިން ކަމަށެވެ. އަދި އެކަމުގައި ދީނީ އިލްމުވެރިންގެ ހިޔާލުތައް ހޯދާފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.