ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވެއްޖެ

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ކޮވިޑް19 ޖެހިގެން މާލެއިން މީހަކު މަރުވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އަންހެނެކެވެ. އަދި އެމީހާ ދިރިއުޅޭ ގެއަކީ މޮނީޓަރިންގެ ހާލަތަށް ލާފައިވާ ގެއެއް ކަމަށްވެސް އެނގިފައިވެއެވެ. މިއީ ރާއްޖެއިން މި ބަލި ފެނުނު ފަހުން މީހަކު މަރުވި ފުރަތަމަ ފަހަރުވެސްމެއެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ 83 އަހަރުގެ މީހެކެވެ. އެމީހާ މަރުވީ މިއަދު ހަވީރުއެވެ. އަދި އެމީހާ ވަނީ ކޮވިޑް19 އަށް ޓެސްޓު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑް19 އަށް އެމީހާ ޓެސްޓުކުރިއިރު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.