ރާއްޖެއިން ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 28އަށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް އިތުރު މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެއެވެ.

މި މީހާ އަކީ ދިވެއްސެކެވެ. މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މި މީހާ އާއި އެކު މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 28 އަށް އަރާފައެވެ.

މިއާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިވަނީ 278 އަށް އަރާފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެތީ މިއަދި އެޗްޕީއޭ އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ. މީގެއިތުރުންވެސް އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *