ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ނުބާއްވަން ނިންމައިފި

ދަރިވަރުންތަކެއް އިމްތިހާނެއްގައި: ފޮޓޯ / މިހާރު

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބާއްވަމުން އަންނަ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މިއަހަރު ނުބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ އެގޮތަށް ނިންމީ ސިލަބަސްތައް ތައްޔާރުކޮށް އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދަރިވަރުންނަށް ލިބިގެން ނުދާނެތީ ކަމަށެވެ.

އެ ބަދަލާ ގުޅިގެން ދެން އިމްތިހާނު ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިމްތިހާނުތައް ފަސްކުރުމާއި ގުޅިގެން ނެރުނު ބަޔާނުގައި ބެނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓުގެ ސުންގަޑިތައް ވެސް އަލުން މުރާޖައާ ކުރެވޭނެ ކަމަށެވެ.  އެ ބަދަލު ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ނުބާއްވާގޮތަށް ނިންމި ނަމަވެސް، ގްރޭޑް 11 އަދި 12ގެ ދަރިިވަރުންގެ އިމްތިހާނުތައް ހަދާ ދަރިވަރުންގެ ތާރީހަކަށް އެއްވެސް ބަދަލެއް އެޑިއުކޭޝަނުން ގެންނަން ނިންމާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބާއްވަމުން އަންނަ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މިއަހަރު ނުބާއްވާ ގޮތަށް ނިންމިއިރު ކޮވިޑް19 ގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު ވެސް ވަނީ މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ބޭއްވުމަށް ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.