ރާއްޖެއިން ކޮވިޑް19 ޖެހުނު ދިވެހިންގެ އަދަދު 100 އަށްވުރެ މައްޗަށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ނުރައްކާތެރި ކޮވިޑް19 ރާއްޖެއިން ޖެހުނު ދިވެހިންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް19 ޑޭޝް ބޯޑު ދައްކާ ގޮތުގައި ރާއްޖެއިން މި ބައްޔަށް މުޅި ޖުމްލަ 256 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 104 މީހުންނަކީ ދިވެހިންނެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދަކީ 115 އެވެ.

ރާއްޖެއިން މިބައްޔަށް އިންޑިއާ 17 މީހަކު ޕޮޒިޓިވްވިއިރުި އިޓަލީގެ 11 މީހަކު ވަނީ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައެވެ. ޕާކިސްތާނުގެ ތިން މީހަކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވިއިރު އޭގެތެރެއިން އެކެއްގެ ހާލަތު ސީރިއަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރެއެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްރީލަންކާ އަށް ނިސްބަތްވާ ދެ މީހަކުވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 204 މީހުންނަކީ ފިރިހެނުންނެވެ. އަދި 52 މީހުންނަކީ އަންހެނުންނެވެ.

މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގެ އެކި ސަރަހައްދުން އަންނަނީ ފެންނަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.