އިތުރު 14 ދުވަހަށް މާލެ ސަރަހައްދުގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

މާލެ ސަރަހައްދަށް ނެރެފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރި ސޮއި ކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރާ ކަމަށެވެ. އަދި މި މަހުގެ 17ވަނަ ދުވަހު އިއުލާންކުރި 14 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ލޮކްޑައުން އަމުރުގެ ދަށުން ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބަހާއި ފެރީ ގެ ހިދުމަތް ހުއްޓައިލުމަށާއި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ވެސް މި މުއްދަތުގައި މަނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ހާލަތު އިސްތިސްނާވާ ފަރާތްތައް:

* ސިފައިންނާއި ފުލުހުން

* ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އެމްބިއުލެންސް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް

* ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

 

މާލެއިން ކޮވިޑް19 ފެނުނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެ ދުވަހު އެންމެ ފުރަތަމަ މާލެ ސަރަހައްދު ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. އޭގެފަހުންވެސް އަނެއްކާ އިތުރު 24 ގަޑިއިރަށް އިތުރުކުރިއެވެ. ނަމަވެސް 17ވަނަ ދުވަހު 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ލޮކްޑައުން ކުރިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *