ހުއްދަ ނެތި މަނަދޫ އިން ފުރި ބަޔަކު ހައްޔަރުކޮށްފި

ނ. މަނަދޫ ---

ނ. މަނަދޫގައި ގާއިމް ކޮށްފައިވާ ކޮވިޑް19 ޓާސްކް ފޯސް އަށް ނޭނގި އެ ރަށުން ފުރައިގެން އެ އަތޮޅު ލަންދޫ އަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި މަނަދޫ އިން ލަންދާ އަށް ދިއުމަށް އުޅުނު ދެ މީހަކު ލަންދޫ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށަށް ވަނަ ނުދީ ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެމީހުން އެނބުރި މަނަދޫ އަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ ރަށު ޓާސްކްފޯސްތަކުގެ ހުއްދައާ ނުލާ ދަތުުރުކުރުމާއި އަދި ރަށްރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ވަނީ ރޭގެ 21:25ގައި ދެމީހަކު ހައްޔަރުކޮށްފައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *