ގަލްފް އެކްސްޕޯއާ ގުޅޭ ދެ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވޭ

އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯއާ ގުޅޭ ދެ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާ ޑރ. އަފްޒަލް ވިދާޅުވީ ފުޑް އެކްސްޕޯއާ ގުޅިގެން ދެ ކޭސް ފެނިފައިވާ ކަމަށާއި އެ ދެ ކޭސް އިން ވެސް ބަލި ފެތުރިފައިވާ ގޮތުގައި ތަފާތުތަކެއް ހުރިއިރު، މިހާރު ބަލަން ބޭނުންވަނީ އެ އެކްސްޕޯއަށް ދިޔަ އެހެން މީހުންގެ ގައިން މިފަދަ އަލާމާތްތަކެއް ފެނިފައިވޭތޯ ކަމަށެވެ.

“އަޅުގަނޑުމެން ބަލާލަން ބޭނުންވީ އެގޮތަށް ފުޑް އެކްސްޕޯ އިން އައި އިތުރު މީހެއްގެ ފަރާތުން ވައިރަހުގެ އަލާމާތްތަކެއް ފެނިފައިވޭތޯ. އެކްސްޕޯ އިން އައި މީހުންގެ ތެރޭގައި ވައިރަސް ޖެހުނު މީހަކު ހިމެނޭތޯ ސުވާލު ކުރުމުން،” ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެމީހާއަށް ބަލި ޖެހުނު ގޮތާއި ގުޅޭ ގޮތުން ދެ ސިނާރިއޯ އަކަށް ޑރ. އަފްޒަލް ވާހަކަ ދައްކަވާފައިވެއެވެ.

“އެއް ސިނާރިއޯ އަކީ، އެ ދެމީހުން ދުބާއިން އައި އިރު، ކޮންމެވެސް އެހެން ބައްޔެއް ޖެހިގެން ރާއްޖެ އައިސް އެ ބަލިން ރަނގަޅުވުމަށްފަހު، އަނެއްކާ ކޮވިޑް19 ޖެހުނީ ކަމަށެވެ. ގިނަ ފަހަރު ބައްޔެއް ޖެހުމުގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމް ބަލިކަށިވާނެ ކަމަށާއި އެއާއެކު އެހެން ބައްޔެއް ޖެހުމުން އެފެންނަ އަލާމާތްތައް ތަފާތުވުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ދެވަނަ ސިނާރީއޯ އަކީ، އެ މީހުން ދުބާއިން އައި އިރުވެސް ކޮވިޑް ޖެހިފައި ހުރެ، އެއްފަހަރު ވައިރަހުން ރަނގަޅުވފައި އަނެއްކާޥެސް ވައިރަސް މުއްދަތަކަށް ހަށިގަނޑުގައި ހުރުން އެކަށެގެންވުން ކަމަށް ޑރ. ވިދާޅުވިއެވެ.

ދުބާއީގައި މިއަހަރުގެ ފެބްރުއަރީ މަހު 16-20 ގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހަކު ރާއްޖޭގައި ހުރިނަމަ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުއްވައި ރިޕޯޓުކުރަން ރޭ ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.