މޮނީޓަރިންގެ ހާލަތުގައި އޮތް ބިލެއްފައްސަށް ދިޔަ ތިން މީހަކު ހައްޔަރަށް

ބިލެއްފައްސަށް ދިޔަ ޑިންގީ --

ށ.ބިލެތްފަހި މޮނީޓަރިން ހާލަތަށް ގެނެސް އެ ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައިވަނިކޮށް، ށ.ފޭދޫ އިން އެ ރަށަށް ދިޔަ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:58 ހާއިރު ކުޑަ ޑިންގީއެއްގައި ފުރައިގެން ބިލެއްފައްސަށް ހުއްދަ ނުހޯދައި ދިޔުމުން ހައްޔަރުކޮށްފައިވަނީ 27 އަހަރާއި، 28 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ބިލެއްފައްސަށް ގޮސް އެނބުރި ފޭދޫއަށް އައި މަގުމަތީގައި ކަނޑުމަތިން ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.