މިދިޔަ މަހުވެސް ގެވެށި އަނިޔާގެ 26 މައްސަލައެއް، ކުޑަކުދިންނާއި ގުޅުންހުރި 101 މައްލައެއް

ކުޑަ ކުދިންތަކެއް --

މާޗު މަހުގެ ތެރޭގައި ވެސް ޖެންޑާ މިނިސްޓްރީއަށް ގެވެށި އަނިޔާގެ 26 މައްސަލައެއް ހުށަހަޅައިފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"ގެ ޕްރޮގްރާމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވަނީ އެ މިނިސްޓްރީއަށް މިދިޔަ މަހާއި އަދި ވޭތުވެދިޔަ ތިން މަސް ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކޮށްދެއްވާފައެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި ގެވެށި އަނިޔާގެ 26 މައްސަލައެއް ހުށަހެޅުނުއިރު ކުޑަކުދިންނާއި ގުޅުންހުރި 101 މައްސަލަ އެ މިނިސްޓްރީ އަށް މިދިޔަ މަހު އެކަނިވެސް ވަނީ ހުށަހަޅާފައެވެ.

ފާއިތުވި ދެ މަހަށް ބަލާލާއިރު ޖެނުއަރީ މަހުގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅުންހުރި 34 މައްސަލައެއް ހުށަހެޅުނުއެވެ. އަދި ފެބްރުއަރީ މަހުގެ 36 މައްސަލައެއް ހުށަހެޅުނުއިރު ޖެނުއަރީ މަހުގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި 121 މައްސަލައެއް ހުށަހެޅުނެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި 169 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން މި ދުވަސްވަރަކީ މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ދުވަސް ވަރެކެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި ކަމަށްވާ ނަމަ އެ މިނިސްޓްރީން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ހުށަހެޅި ފަރާތާއި ހަމައަށް ޖެންޑާއިން ދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި އަންހެނުންނަށް ގެވެށި އަނިޔާ ކުރުމަކީ ރާއްޖޭގައި ބޮޑެވެފައިވާ އިޖުތިމާއީ މައްސަލައެކެވެ. މި ދެ ކަމާއި ގުޅިގެން ވެސް ގާނޫނުތައް ހެދިފައިވާއިރު ދާދިފަހުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ވަނީ ފާސްކޮށް އަމަލު ކުރަން ފަށާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *