ޝުޖާގެ ވަރުގަގަދަ ބަހުގެ ހަމަލާއެއް ހޯމް މިނިސްޓަރު އިމްރާނަށް!

ޝުޖާއު އަދި ހޯމް މިނިސްޓަރު އިމްރާން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ދޭތެރޭ ނާ އިންސާފުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންކަން ކުރައްވާ ކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއުގެ ވަރުގަދަ ބަހުގެ ހަމަލާއެއް ހޯމް މިނިސްޓަރަށް ދެއްވައިފިއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނާ އިންސާފުން ރައީސް އަބްދުﷲ ޔާމީނާއި ދޭތެރޭ އަމަލު ކުރައްވަމުން ގެންދަވާ ގޮތް، ޕީޕީއެމްގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ބައްދަލު ކުރައްވާނީ މިނިސްޓަރު އިމްރާނަށް ކަމަށެވެ.

“އެދުވަހުން އަޅުގަނޑަށް ނުގުޅުއްވާތި. ފޯނެއް ނުނަގާނަން، އަޅުގަނޑާއި ބައްދަލެއްވެސް ނުވާނެ،” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19އާ ގުޅިގެން ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި އޮތުމުން، މިވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ދާދިފަހުން އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އެ ރަށުގެ ޖަލު މިވަގުތު އޮތް ހާލަތު ނޭނގޭތީ އާއި، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ނޭނގޭތީ އެއީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Raees Yaameen jaluga hayyaru koggen ulhenee Nasheed.
    E ee eyna ah 13 aharuge jalu hukumeh koffai vaathee BADHALU HIFUMUGE gothunn.
    Mulhi gaumu miothee Nasheeduge mushu theray eyna fiththi varakah fithayne. Imranu vess Evazaafa baynumiyya jehaynee buni gotheh hadhan.

ހިޔާލު ދެއްވާ!

Your email address will not be published.