ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ރިޕޯޓު ކުރުމަށް އެދިއްޖެ

ދުބާއީ ގަލްފް ފުޑް އެކްސްޕޯ ---

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރުމަށް އެދިއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވާ ކަމަށެވެ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތް ކަމަކަށް ނުވި ނަމަވެސް އެ ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަން ބޭނުންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ފެއާ ނުވަތަ އެކްސްޕޯ އަށް ދިޔަ ގިނަ މީހުންނަކީ ބޭރު މީހުންކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ ބައެއް މީހުން އެނބުރި ރާއްޖެއަށް އައިއިރު ކޮވިޑް19 ޖެހިފައި ތިބެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެގޮތަށް ކަން ހިނގުމަކީ މިހާރު އެމީހަކު އައިސޮލޭޓް ނުވަތަ ކަރަންޓީން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *