ދުބާއީ އިން މެޑިކަލް ސާމާނުތަކެއް ރާއްޖެ ގެނެސްފި

ދުބާއީ އިން މުދާ ހިފައިގެން އައި ކާގޯ ފްލައިޓު ވީއައިއޭގައި: ފޮޓޯ / މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ކާގޯ ފްލައިޓުން ރާއްޖެއަށް މެޑިކަލް ސާމާނުތަކެއް ގެނެސްފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 6.8 ޓަނުގެ މުދަލާއި ސިއްހީ ސާމާނުތަކެއް ދުބާއިން ރާއްޖެ މިއަދު ގެނެސްފައިވާ ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ، ކާގޯގެ ގޮތުގައި ގެނައުމަށް މޯލްޑިވިއަން އިން ދަނީ ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.

މޯލްޑިވިއަން އިން ދަނީ ސްރީލަންކާ، ތައިލެންޑް، އިންޑިއާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.

މީގެކުރިން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އާއި މެލޭޝިޔާ އަދި ކޮލޮމްބޯގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ މޯލްޑިވިއަންގެ އެހީގައި ރާއްޖެ ގެނެސްދީފައެވެ. މިވަގުތު މި ދަތުރުތައް ހުއްޓާލާފައި ވަނީ މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެންނެވެ.

ރާއްޖެއިން ބޭރުން މުދާ މޯލްޑިވިއަން އިން ގެންނައިރު ވަރަށް އަވަހަށް މޯލްޑިވިއަން އިން ރާއްޖޭގެ ރަށްތަކަށް ވެސް ކާގޯ ފްލައިޓުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *