އުތީމު އަދި ފެންފުށިން ވެސް ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ހއ. އުތީމު --

ހއ. އުތީމާއި އދ. ފެންފުށިން ވެސް ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި އުތީމުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެންމެ ގެއެކެވެ. އަދި ފެންފުށިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެންމެ ގެއެކެވެ. މި ދެ ގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އެޗްޕީއޭ އަކުން ހާމައެއް ނުކުރެއެވެ.

އުތީމާއި ފެންފުށިން ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ލ. މާމެންދޫ އިން ވެސް ވަނީ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ރަށުން ވަނީ މީހަކުވެސް އެކަހެރި ކޮށްފައެވެ.

ހއ. އުތީމުން ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ އަތޮޅު އުލިގަމުން ވަނީ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު އުތީމާއި އުލިގަމާއި އެ އަތޮޅު ދިއްދޫ އާ ހދ. ހިރިމަރަދޫ އަދި ކުމުންދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެއިތުރުން ށ. ނަރުދޫ އިން ވެސް މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ނަރުދޫއާ އެ އަތޮޅު ޅައިމަގާއި ގޮއިދޫއާ މާއުނގޫދޫއާ ފީވަކާއި މިލަންދޫއާ ފުނަދޫއާ ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް19 226 މީހަކު ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *