މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސް ދުވަހެއްގައި ފުލުހުންގެ ލޯންޗެއް ކަނޑުމަތީގައި --

ރާއްޖޭގެ މޫސުން ގޯސްވުމާއި އެކު މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 21:00 އާއި ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ވަގުތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.