މަޖިލީހުން މިއަދު ފެނުނީ ޒިންމާދާރުކަން ކުޑަ އަމަލެއް: މެންބަރު ހުސައިން

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ފަރެސް މާތޮޑާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މިއަދު ސަރުކާރުން ކަންކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށާއި މިއަދު މަޖިލީހުން ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ.

މެންބަރު ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން އެ އަދަދު ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު ފެނިގެން ދިޔައީ އެމްޑީޕީގެ މެންބަރު ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމާއި އަދި ބުނާ މިންވަރަށް ފައިސާ ނުދެވޭނެ ކަމަށް ވިދާޅުވި މަންޒަރެވެ. ނަމަވެސް މިއަދު މި މައްސަލަ އަށް ނެގި ވޯޓުން ފެނިގެން ދިޔައީ އެގޮތަށް ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ފިނޭންސް މިނިސްޓަރު އެދިލެއްވި ގޮތަށް 4.2 ބިލިއަން ރުފިޔާ ދޫކުރުމަށް ފާސްކުރި ތަނެވެ. އެގޮތުން މި އަދަދު ދޫކުރުމަށް 60 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *