މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފި

އެޗްޕީއޭ އިން މިދިޔަ މަހުގެ 30ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކ. މާފުށި ---

ކޮވިޑް19 އާ ގުޅިގެން ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށް މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ މި މަހު 13ވަނަ ދުވަހުގެ ފަހުން ލިލީ ސްޓޯރަށް ދިޔަ ބަޔަކު އެރަށުގައި ތިބުމުން ކަމަށެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ މީހަކު އެރަށުގައި ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ލިލީ ސްޓޯރަށް ދިޔަ ބަޔަކު ތިބެގެން މާފުށި ކަރަންޓީން ކުރީ އެ ފިހާރާގައި މަސައްކަތް ކުރާ 13 ބިދޭސީ އަކު އެ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެއިތުރުން ވެސް އެ ފިހާރާގައި މަސައްކަތް ކުރާ ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށްވެއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ ކޮވިޑް19 އަށް 73 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއި އެކު މުޅި ރާއްޖެއިން އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.