ދެ ދިވެހިންނާއި ޕާކިސްތާނު މީހަކު ރާއްޖެއިން ކޮވިޑް19 ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ދެ ދިވެހިންނާއި ޕާކިސްތާނު މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދާދި ދެންމެ އަކުވެސް ވަނީ 11 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު މީގެކުރިން 36 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއި އެކު މި ބައްޔަށް މިއަދު މިވަނީ ރާއްޖެއިން 50 މީހަކު ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި އެއްވެސް ކޭސްއަކީ މީގެކުރިން މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅުންހުރި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.